Monday, April 11, 2011

ރ.ވާދޫ ރަށުކައުންސިލް އިދާރާގެ ވަގުތީ މަސައްކަތު މީހާ ބަދަލްކޮށްފި

ގަންޖު ފަރާހާއި މުންޑުލައިގެން ފައިވަނަށް ނާރާ ސިވިލް ސާރވިސްގެ ވަޒީފާއަށް ނިކުންނާތީ ރ.ވާދޫ ރަށުކައުންސިލް އިދާރާގެ ވަގުތީ މަސައްކަތު މީހާ ބަދަލްކޮށްފިއެވެ. މީނާއަކީ ވާދޫ ފިރިހެނުންގެ މިސްކިތުގައި މަސައްކަތު މީހަކަށް އުޅޭ މީހެކެވެ. ނަމަވެސް ރ.ވާދޫ ރަށުކައުންސިލްގެ އިދާރާގައި މަސައްކަތު މީހަކު ނެތުމުގެ ސަބަބުން ވަގުތީގޮތުން ރަށުކައުންސިލްގެ އިދާރާގެ މަސައްކަތު މީހަކަށް ބަދަލުކުރީއެވެ. މި ކަލޭގެ އުޅޭގޮތުން ރަށުކައުންސިލްގެ އިދާރާއަށް މީހުންގެ ފާޑުކިޔުންތަށް އަމާޒުވަމުންދާތީ ކައުންސިލްގެ އިދާރާއިން މިހާރު މިކަލޭގެ ބަދަލްކުރިތާ ދެތިން ދުވަސްވެއްޖެކަމަށް ރ.ވާދޫ އޮންލައިންނަށް މައުލޫމާތު ލިބިފައިވެއެވެ. މިހާރު ރަށު ކައުންސިލްގެ އިދާރާގައި ވަގުތީގޮތުން މަސައްކަތްކުރަމުން އަންނަނީ ރ.ވާދޫ އަންހެނުންގެ ނަމާދުގޭގެ މަސައްކަތު 2 މީހުންނެވެ.

No comments:

Post a Comment