About Me
Wednesday, April 13, 2011
ގައުމީ ދިޔަޔަށްވުރެ ޕާޓީ ދިދަ ގިނަވުމަކީ މައްސަލައެއްބާ
މުޅި ގައުމު ޕާޓީވެއްޖެއެވެ. ގައުމީ މަސަލަހަތައް އެދޭ މީހަކު ނެތެވެ. ގައުމީ ދިދަޔަށް އިޙްތިރާމުކުރާ މީހުން މަދެވެ. ކޮންމެ ބަޔަކުވެސް ބަލަނީ އެއްބަޔަކަށް ވުރެ މައްޗަށް އަނެއް ބަޔަކު އެބައެއް ތާއީދުކުރާ ޕާޓީއެއްގެ ދިދަ ނެގޭތޯއެވެ. އެގޮތުން ބޮޑެތިހެންހީވާ ނިކަގަސްގަހަށާ އުސްހެން ހީވާ ރުއް ރުއް ކޮޅަށް ޕާޓީ ތަކުގެ ދިދަތަށް ގިނަވާން ފަށައިފިއެވެ. އެއްބަޔަކަށް ވުރެ ގިނައިން ދިދަ ޖެހުމުގެ މަގުސަދުގައި މުޅި ރަށުގައި ދިދަ ދަމާ އެވަރުން ނުފުދިގެން ރަށުގެ ފަޅުތެރޭގައިވެސް ދިދަ ޖަހަންފަށައިފިއެވެ. ހިތާމައަކީ ޕާޓީދެކެ ލޯބިވާވަރަށް ގައުމުދެކެ ލޯބި ނުވާތީއެވެ. ގައުމު ކުރިއަރާ ދިޔުމަށް ބޭނުންވަނީ ފަހެ ކާކުހެއްޔެވެ؟ އެކަކުވެސް ބޭނުމެއް ނުވެއެވެ. އެންމެންވެސް ބޭނުންވަނީ ތިމާގެ ޕާޓީ ކުރިއަރާ ދިޔުމަށެވެ. ރައްޔިތުންނޭ ވިސްނާށެވެ. ފިކުރު ކުރާށެވެ. ތިމާ ތާއީދުކުރާ ޕާޓީ ކިތައްމެ ކުރިއަރާދިޔަޔަސް ތިމާޔަށް ލިބޭނެ އެއްވެސް ފައިދާއެއްނެތެވެ. ނަމަވެސް ތިމާގެ ގައުމު ކުރިއަރާ ދިޔުމުން ތިމާޔަށްވެސް ތިމާގެ ދަރީންނަށްވެސް ފައިދާކުރާނެއެވެ. ވީއިރު ޕާޓީ ކުރިއެރުމުމަށް މަސައްކަތްކުރުމަކީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމެއް ނޫންތޯއެވެ؟ މުޅި ވާދޫއަށް ބަލައިލި ނަމަވެސް ފެންނަނީ ޕާޓީ ދިދައިން ރަށް ފުރާފައިވާ ތަނެވެ. ރަށުގެ ސަރުކާރުގެ މުއަށްސަސާތަށް ފިޔަވައި ދެން ގައުމީ ދިދައެއް ފެންނަން އިނީ އެމް.ޑީ.ޕީ ގޮފީގައި ނަގާފައިވާ އެމް.ޑީ.ޕީ ދިދައިގެ މަތީންނެވެ. ވީއިރު ރައްޔިތުނަށް ވަރަށް ސާފުކޮށް އެގިގެންދޭ އެބަ ރައްޔިތުންގެ ލާބަޔާ މަންފާއަށް އެދެނީ ކޮންބައެއްކަން.
Subscribe to:
Post Comments (Atom)
No comments:
Post a Comment