About Me
Saturday, April 23, 2011
ރ.ވާދޫ ކައުންސިލުން ހެދި ބޯ ގޯސް ގަވާއިދު
ރ.ވާދޫ އަކީ ޒަމާނުއްސުރެ އަންހެންވެރިން ފަންހޮވުމުގައި މައްސަލަތަކެއް ދިމާވަމުންދާ ރަށެކެވެ. ރަށުގެ އަންހެންވެރިން ފަންހޮވުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުތަކެއް އެކި ފަހަރުމަތީން އެކި އެކި ބޭފުޅުންގެ ވެރިކަމުގައި ވަނީ ހައްދަވާފައެވެ. ނަމަވެސް ކިޔަވައިގެންތިބި ތައުލީމީ ޒުވާން ގާބިލް ބޭފުޅުންނޭ ކިޔާފަ ޑީ.އާރު.ޕީ ގެ 5 ކައުންސިލަރުން ވެގެން މިފަހަރު މިހެދީ އަތްދިގު ބޯ ކުރު ގަވާއިދެކެވެ. މި ގަވާއިދުގައިވާ އެންމެ ހެއްވާ ތަންކޮޅަކީ ރުކުގެ ވެރިމީހާޔަށްވެސް އޭނާގެ އަމިއްލަރުކުން ފަން ނުކެނޑޭ ކަމެވެ. ރުކުގެ ވެރިމީހާޔަށްވެސް ރުކުގެ ފަނަކު އަތެއްނުލެވެޔެވެ. މީ ކިހާ ހެއްވާ ގަވާއިދެއް ހެއްޔެވެ؟ މިދިޔަ ހުކުރު ދުވަހު ރައްޔިތު އަންހެނުން ފަންހޮވާތަން ބަލައިލުމަށް ރަށުގެ 5 ކައުންސިލަރުން ރަށުގެ އެކި ސަރައްހައްދުތަކަށް ޒިޔާރަތްކުރިއެވެ. މިގޮތުން ކައުންސިލް އިދާރާގެ ރައީސް ހުރި ސަރައްހައްދުގައި ހިގި ކަމެއްގެ ވާހަކަ ކިޔުންތެރިންނަށް ހިއްސާކޮއްލާނަމެވެ. އަހުމަދު (އަސްލު ނަމެއްނޫން) މިދިޔަ ބުރާސްފަތި ދުވަހު އަހުމަދުގެ ކާފަ ބުނެގެން ދިޔައީ ކާފަގެ ރުކުއަޅައި ދޭށެވެ. ރުކުގައިވާ ތަކެތި އެޅުމަށްފަހު ކާފަ ބުނެގެން އަހުމަދު ރުކުގައިވާ ފަންކޮޅުކަނޑާ ގެއަށް ގެންދިޔުމަށް ރީތިކޮއް އެއް ފުންޏަކަށްޖަހާ ހަދާފައި ގެއަށް ދިޔައެވެ. އަނެއް ދުވަހު ކާފަގެ ފަންކޮޅުބަލާ ވަލަށް ދިޔައިރު ފަންކޮޅެއް ނެތެވެ. ރަނގަޅަށް ބެލިއިރު ކާފަގެ ފަންކޮޅު ކައުންސިލަރު (ހުސެންފުޅު) ގާތު ސަމްސުއްނިސާ ފަންކޮޅު ދޭށޭ ބުނުމުން ސަމްސުއަށް ކައުންސިލަރު ފަންކޮޅު ދީފިއެވެ. މީދެން ކިހާހެއްވާ ކަމެއްހެއްޔެވެ. ރަށުގެ ވެރިކަން ރަސްކަމަށް ބަދަލު ވެއްޖެއެވެ. ކައުންސިލުން ބޭނުންވީމަ މީސްމީހުންގެ މުދާތަށް ބޭނުންހާ ފަރާތަކަށް ބަހާ ހަދަނީއެވެ. މިހާރު މި ފަސް ކައުންސިލަރުންނަކީ 5 މާމަލުންގެ ފަސްވަގަށްވީތާދޯއެވެ
Subscribe to:
Post Comments (Atom)
No comments:
Post a Comment