ލޯކަލްކައުންސިލް އިންތިހާބުގެ ކެންޕެއިން ކުރިޔަށްދިޔައިރު ހުސެންފުޅު ބުނަމުންގެންދިޔައީ އޭނާއަކީ އެކަމަށް އެންމެ ގާބިލް މީހާކަމަށެވެ. އަދި އޭނާއަށް މަސައްކަތްކުރެވޭނީ ޑީ.އާރު.ޕީ ގެ ފަސް ކެނޑިޑޭޓުން ހޮވިގެންކަމެވެ. ނަމަވެސް މިހާރު ކިޔަމުން މިދަނީ އެހެން ލަވައެކެވެ. ފަސްކައުންސިލަރުން އެއްގަލަކަށް ނާރާތީ ކަމެއް ނުވާ ވާހަކައެވެ. މިހާތަނަށް ކައުންސިލުން ރައްޔިތުންނަށް ބައްދަލުކޮއްފައިވަނީ އެންމެ ފަހަރަކުއެވެ. އަދި މިހާރު ރައްޔިތުންނަށް ބައްދަލު ނުކުރެވެނީ ފަސްކައުންސިލަރުން އެއްގަލަކަށް ނާރާތީކަމަށް ހުސެންފުޅު ބުނެފައިވެއެވެ.
ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރި ރޭ ހުސެންފުޅު ބުނެފައިވަނީ މިރަށު ވިލުގައި ސޫފި ލަނޑާ ގެންގުޅުމަށް މަރި ދޮންބެ ކިޔާ ކަނދޮޅުދޫ މީހަކާ ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް ދާދި މިދާކަށް ދުވަހު މަރިދޮންބެ ބުނެފައިވަނީ ރ.ވާދޫ ކައުންސިލުން މަރިދޮންބެއާ ވާހަކަދައްކާފައި ނުވާކަމަށެވެ.
ވާދޫ ރައްޔިތުންގެ އިންޖީނުގެއިން ރައްޔިތުން ބޭނުންވާ ވަރަށް ކަރަންޓުގެ ހިދުމަތް ނުލިބޭތީއާއި އަދި ކިރިޔާވެސް ބާރުގަދަ އެއްޗެއް ޖައްސައިފިނަމަ މުޅި ރަށުން ކަރަންޓްދާތީ މިކަމާގުޅިގެން ހުސެންފުޅާ ކުރެވުނު ބަހުސްއެއްގައި ހުސެންފުޅު ބުނެފައިވަނީ މިހާރު ޔުޓިލިޓީ ކުންފުންޏާ ވާހަކަދައްކަމުންދާ ކަމަށެޥެ. ނަމަވެސް މިއަދު ވާދޫ އޮންލައިންގެ ފަރާތުން ޔުޓިލިޓީ ކުންފުންޏަށް ގުޅާލުމުން އެކުންފުނީން ވިދާޅުވީ ރ.ވާދޫ ކައުންސިލުން އަދި އެކުންފުންޏާ ވާހަކަދައްކާފައި ނުވާ ކަމަށެވެ.
އިއްޔެ ޑީ.އާރު.ޕީ ގެ ފަސް ކެނޑިޑޭޓުން ހުށައެޅި މެނިފެސްޓޯއާ އެއްގޮތަށް އެއްވެސް ކަމެއް ނުދާކަމަށް ހުސެންފުޅާ ދިމާއަށް މީހަކު ބުނުމުން ހުސެންފުޅު ބުނެފައިވަނީ މެނިފެސްޓޯއަކީ ވައުދެއްނޫންކަމަށާއި މެނިފެސްޓޯގައިވާ ކަންތައްތަކަކީ ކޮންމެހެން ކުރަންޖެހޭނެ ކަންތައްތަކެއް ނޫންކަމަށެވެ.
ރަށުގެ ވަލުތެރޭގައިވާ އަމިއްލަ މީސްމީހުންގެ ރުއްރުކުން ފަންނުކެނޑުމަށް ކައުންސިލުގެ އިދާރާއިން އެންމެފަހުންހަދާފައިވާ ގަވާއިދުގަ އަމުރުކޮއްފައިވާތީ އެކަމާ ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ހުސެންފުޅު ވިދާޅުވެފައިވަނީ އަމިއްލަ މީހެއްގެ ރުކަކަސް ފަންކަނޑަން ބޭނުމިއްޔާ ރުން ނަގައިގެން ގެނެސް ގޭ ދޮށުގަ އިންދާފަ ފަންކަޑާ ނިމުމުން ރުއް ގެންގޮސް ކުރީން ހުރިތާ އިންދާންވީ ކަމަށެވެ. މިގޮތައް އަމަލުކުރަންޖެހެނީ ރުއްހުރީ ސަރުކާރުގެ ބިމުގައިވާތީކަމަށް ހުސެންފުޅު ބުނެފައިވެއެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ ތިމާގެ އަމިއްލަ ގެދޮރަށް ގެނެސް ރުކުގެ ފަންކެޑޭ ވާހަކަބުނުމުން ތިމާގެ އަމިއްލަ ގެދޮރުވެސް ހުރީ ސަރުކާރު ބިމުގައިކަމުން މި ދައްކާ ވާހަކަ މިދައްކަނީ އެއްވެސްކަހަލަގެ އިޙްލާސްތެރިކަމެއް ހުރެއްގެންބާއޭ.
No comments:
Post a Comment