Sunday, May 8, 2011

އެއްކަލަ ރަނޑު ކަލޭގެ އަނެއްކާވެސް ބެލެނިވެރިންނަށް ސިއްރު ބައްދަލްވުމެއް ބާއްވައިފި

ރަނޑޭ އަނެއްކާވެސް މިއަދު ސްކޫލް ކުދިންގެ ބެލެނިވެރިންނަށް ބައްދަލްކޮށް ބެލެނިވެރިންގެ ކުރިމަތީގައި ރނޑުކަން ދައްކާލައިފިއެވެ. މިކަލޭގެ ކޮންމެފަހަރަކުވެސް އަމިއްލައަށް ބޮޑޭ ވާންވެގެން ބެލެނިވެރިން އެއްކޮށް ހިތުގައި ޖެހިޖެހިފަ މަގޭ ވަޒީފާއިން ވަކިކުރަން ބަޔަކު އުޅެނީއޭކިޔާ ކުޑަކުއަޖެއްހެން ބޮޑާ ޖަހަނީއެވެ. އަދި ތިމާޔަށްވުރެ މަތީމަގާމެއްގައި ސްކޫލްގައި އެހެން މީހަކު ނުހުންނާނެކަމަށް ބުނެ ބަހަނާ ދައްކަނީއެވެ. މިކަލޭގެ ބެލެނިވެރިން އެއްކޮށް ކޮންމެފަހަރަކުވެސް ޓީޗަރުންގެ ނުބައި ވާހަކަދައްކާ ހަދައެވެ. މި ރަނޑުކަލޭގެ ކޮންމެކަމެއް ވިޔަސް ރަނޑު އަންހެނެއްހެން އާއިލާ މީހުން ކައިރީ ކުޓުވައިގެން އެމީހުން ރަތަށް އަރުވައެވެ. މިކަލޭގެ އަކީ ގްރޭޑް 8 ނިންމުމަށްފަހު މައުމޫނު ސަރުކާރުގެ ސިޔާސަތު އޮންނަގޮތުން ޝަރުތުހަމަނުވާ މީހުނަށް ވަޒީފާ ދެމުން ގެންދިޔަ ދުވަސްވަރުގައި  ވަޒީފާ ހޯދާފައިވާ ރަނޑެކެވެ. އިނގިރޭސި މީޑިއަމްއަށް ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދެމުން ގެންދާ ވާދޫ ސްކޫލުގައި މިފަދަ އިންގިރޭސި ކިޔަން ނޭނގޭ ބުރާންޗެއް ބަހައްޓަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ބޭރު ޓީޗަރަކަށް ވާހަކަ ދައްކަންޖެހޭ ކޮންމެ ހިނދެއްގައި ތަރުޖަމާނެއް ބޭނުންވާ މި ރަނޑުކަލޭގެ އަކީ ތިމާގެ އަނބި މީހާއަށް ވަގަށް އެހެން އަންހެނުން ގެންގުޅޭ ނުލަފާ ބަކަށްޓެކެވެ. މިކަލޭގެ ސްކޫލްކުދިން ނުލަފާކޮށް ސިޔާސީ ހަރަކާތް ތަކުގައި އެކުދިން ބައިވެރި ކުރުވާފައި ވެއެވެ. އިއްޔެ ބޭއްވި ސްކޫލްކުދިންގެ މަސައްކަތު ދުވަހުގައި ބައެއް ޓީޗަރުން ބޭސް ފަރުވާއަށް ޓަކާ އުނގޫފާރަށް ދިޔުމުން އެކަމުގެ ރުޅިގަނޑު ބޭލީ ޓީޗަރުންނަކަށް ނޫނެވެ. ދަރިވަރުންގެ ބެލެނިވެރިން އެއްކޮށް އެބައި މީހުންނަށެވެ. މި ރަނޑު ކަލޭގެ މިކުރާ ކަހަލަގެ ކަމެއް މަ ދުވަހަކުވެސް ރާއްޖޭގެ އެހެން ސްކޫލެއްގެ އިސްވެރިއެއްގެ ފުށުން ނުދެކެމެވެ. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރަށް ވުރެ ރަނޑުކަން ބޮޑު ރަނޑު ރިޔާޒަށް ދަންނަވާލަން އޮތީ ނުވަންޏާ އިސްތިއުފާ ދީފަ ގެއަށް ވަޑައި ގަންނަވާށޭ.

Monday, May 2, 2011

ސިޔާސީ ބޭނުންތަކަށް ގައުމު ހަލަބޮލި ކުރަނީ

ހުސެންފުޅު ،އިޙްލާސްތެރިއެއްކަމާމެދު ޝައްކު

ލޯކަލްކައުންސިލް އިންތިހާބުގެ ކެންޕެއިން ކުރިޔަށްދިޔައިރު ހުސެންފުޅު ބުނަމުންގެންދިޔައީ އޭނާއަކީ އެކަމަށް އެންމެ ގާބިލް މީހާކަމަށެވެ. އަދި އޭނާއަށް މަސައްކަތްކުރެވޭނީ ޑީ.އާރު.ޕީ ގެ ފަސް ކެނޑިޑޭޓުން ހޮވިގެންކަމެވެ. ނަމަވެސް މިހާރު ކިޔަމުން މިދަނީ އެހެން ލަވައެކެވެ. ފަސްކައުންސިލަރުން އެއްގަލަކަށް ނާރާތީ ކަމެއް ނުވާ ވާހަކައެވެ. މިހާތަނަށް ކައުންސިލުން ރައްޔިތުންނަށް ބައްދަލުކޮއްފައިވަނީ އެންމެ ފަހަރަކުއެވެ. އަދި މިހާރު ރައްޔިތުންނަށް ބައްދަލު ނުކުރެވެނީ ފަސްކައުންސިލަރުން އެއްގަލަކަށް ނާރާތީކަމަށް ހުސެންފުޅު ބުނެފައިވެއެވެ.
ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރި ރޭ ހުސެންފުޅު ބުނެފައިވަނީ މިރަށު ވިލުގައި ސޫފި ލަނޑާ ގެންގުޅުމަށް މަރި ދޮންބެ ކިޔާ ކަނދޮޅުދޫ މީހަކާ ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް ދާދި މިދާކަށް ދުވަހު މަރިދޮންބެ ބުނެފައިވަނީ ރ.ވާދޫ ކައުންސިލުން މަރިދޮންބެއާ ވާހަކަދައްކާފައި ނުވާކަމަށެވެ.
ވާދޫ ރައްޔިތުންގެ އިންޖީނުގެއިން ރައްޔިތުން ބޭނުންވާ ވަރަށް ކަރަންޓުގެ ހިދުމަތް ނުލިބޭތީއާއި އަދި ކިރިޔާވެސް ބާރުގަދަ އެއްޗެއް ޖައްސައިފިނަމަ މުޅި ރަށުން ކަރަންޓްދާތީ މިކަމާގުޅިގެން ހުސެންފުޅާ ކުރެވުނު ބަހުސްއެއްގައި ހުސެންފުޅު ބުނެފައިވަނީ މިހާރު ޔުޓިލިޓީ ކުންފުންޏާ ވާހަކަދައްކަމުންދާ ކަމަށެޥެ. ނަމަވެސް މިއަދު ވާދޫ އޮންލައިންގެ ފަރާތުން ޔުޓިލިޓީ ކުންފުންޏަށް ގުޅާލުމުން އެކުންފުނީން ވިދާޅުވީ ރ.ވާދޫ ކައުންސިލުން އަދި އެކުންފުންޏާ ވާހަކަދައްކާފައި ނުވާ ކަމަށެވެ.
އިއްޔެ ޑީ.އާރު.ޕީ ގެ ފަސް ކެނޑިޑޭޓުން ހުށައެޅި މެނިފެސްޓޯއާ އެއްގޮތަށް އެއްވެސް ކަމެއް ނުދާކަމަށް ހުސެންފުޅާ ދިމާއަށް މީހަކު ބުނުމުން ހުސެންފުޅު ބުނެފައިވަނީ މެނިފެސްޓޯއަކީ ވައުދެއްނޫންކަމަށާއި މެނިފެސްޓޯގައިވާ ކަންތައްތަކަކީ ކޮންމެހެން ކުރަންޖެހޭނެ ކަންތައްތަކެއް ނޫންކަމަށެވެ.
ރަށުގެ ވަލުތެރޭގައިވާ އަމިއްލަ މީސްމީހުންގެ ރުއްރުކުން ފަންނުކެނޑުމަށް ކައުންސިލުގެ އިދާރާއިން އެންމެފަހުންހަދާފައިވާ ގަވާއިދުގަ އަމުރުކޮއްފައިވާތީ އެކަމާ ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ހުސެންފުޅު ވިދާޅުވެފައިވަނީ އަމިއްލަ މީހެއްގެ ރުކަކަސް ފަންކަނޑަން ބޭނުމިއްޔާ ރުން ނަގައިގެން ގެނެސް ގޭ ދޮށުގަ އިންދާފަ ފަންކަޑާ ނިމުމުން ރުއް ގެންގޮސް ކުރީން ހުރިތާ އިންދާންވީ ކަމަށެވެ. މިގޮތައް އަމަލުކުރަންޖެހެނީ ރުއްހުރީ ސަރުކާރުގެ ބިމުގައިވާތީކަމަށް ހުސެންފުޅު ބުނެފައިވެއެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ ތިމާގެ އަމިއްލަ ގެދޮރަށް ގެނެސް ރުކުގެ ފަންކެޑޭ ވާހަކަބުނުމުން ތިމާގެ އަމިއްލަ ގެދޮރުވެސް ހުރީ ސަރުކާރު ބިމުގައިކަމުން މި ދައްކާ ވާހަކަ މިދައްކަނީ އެއްވެސްކަހަލަގެ އިޙްލާސްތެރިކަމެއް ހުރެއްގެންބާއޭ.

އަހަރުގެ ބޮޑު ޖޯކު

ރ.ވާދޫ ކައުންސިލް އިދާރާގެ މެންބަރެކެވެ. މީނާ ކައުންސިލް އިދާރާއަށް ވަތްއިރު އެންމެންތިބީ ކޮންޕިއުޓަރުން ގޭމު ކުޅޭށެވެ. އެހެންކަމުން މީނާ ވަތްގޮތަށް ބުންޏެވެ. "ހުރިހާ ކޮންޕިއުޓަރެއް އަނެކަތިކޮއްލާ" ހިހި ހިހި ގިގި ގި ގި ގާސް. މި ވީގޮތަކީ މީނާއަށް ކޮންޕިއުޓަރު ސަޓް ޑައޮން ކޮއްލާށޭ ބުނަން ނޭގުމުން ހުރިހާ ކޮންޕިއުޓަރެއް އަނެކަތި ކޮއްލާށޭ މި ބުނީ.. އެއްޗެއް ނޭގުނަސް ތަނެއް އޮތިއްޔާ ބޯގަޅާލާތި.. މީ ހަމަ ތެދު ހަގީގީ ޖޯކެއް..